ޱޱޱ ޱޱޱ on Clubhouse

Updated: Jun 2, 2024
ޱޱޱ ޱޱޱ Clubhouse
1.7k Followers
860 Following
@zozoo737 Username

Bio

🖤
❤️ހިތަކީ ނާޒުކު އެއްޗެކެވެ. ކިތަންމެ ހިތްވަރު ކުރިޔަސް އަބަދު އެ ހިތަށް އަނިޔާ ލިބެންޏާ އެ ހިތަށް ވެސް ކަތެއް ނުވާނެއެވެ. އެ ހިތަށް ލިބޭ ޒަޚަމު ތައް އެކިއެކި ގޮތް ގޮތުން ފެން ނަމުން ދާނެއެވެ. 💔 ވިސްނާ ފިކުރު ކޮށް ބަލާށެވެ... ކޮންމެ އިންސާނެއްގެވެސް އިޙުސާސް ތަކެއް ވާނެ އެވެ. އެއްވެސް މީހަކު ތަހަންމަލް ކުރަމުން ގެންދާ ކަންތައްތައް އެހެންމީހުންނަކަށް ނޭގޭނެއެވެ... އަދި މީހެއްގެ ހިނިތުންވުމަކުން އެމީހެއްގެ ދިރިއުޅުމުގެ ޙާލަތެއްވެސް ނޭގޭނެއެވެ...
ލޯބިވާ އެކުވެރިންނެވެ.
ކޮންމެ ދުވަހަކު ޝުކުރުގެ ޖިޒީތަކާއި ހަދިޔާތަކާއި ކެއުންތަކާ ނުދެވުނެއްކަމަކު ހިތުގެ ފުންމިނުން ލޯބިވަމެވެ.
ކަމަކަށް ބޭނުންޖެހޭ ހާލަތުގައި އެކުގައި ހުރެދީ ހާލުބަލާ އާއިލީ މިތުރެއް ފަދައިން އެކުގައިވާތީވެ ﷲއަށް ހަމްދުކުރަމެވެ.

ދުލުން ނުބުނެވުނެއްކަމަކު ހިތުގައިވަނީ ލޯތްބާއި ޝުކުރުވެރިވުމެވެ. ފެންނަން ނެތެއްކަމަކު ތިޔަ އެކުވެރިޔާގެ ބަސްތަކާއި ދޭ ހިތްވަރުން ހިތްވަރުލިބި ދިރިއުޅުމުގެ ގޮންޖެހުންތަކުގައި ކުރިމަތިލެވޭތީވެ އުފާކުރަމެވެ.

ތިޔަ އެކުވެރިންނަށް އަހަރެންގެ ފުށުން އެއްބާރުލުންދޭންޖެހޭ ވަގުތު ހާލަތު ނިޔާކުރާ ގޮތުން އެންމެ ފުރިހަމައަށް އެކުގައި ނުވެވޭކަމީ އެންމެ ބޮޑު ހިތާމައެވެ.

އެހެނަސް ބުނެދެމެވެ. އަބަދުވެސް ހެޔޮ ދުޢާގައިވެެއެވެ. އެދެނީ އުމުރުގައި ބަރަކާތްލައްވައި ހަޔާތުގެ އިމްތިހާނުތަކުގައި ކާމިޔާބީއާއި ކެތްތެރިކަން ދެއްވައި ޖަންނަތުގައި ވެސް މިތުރެއް ފަދައިން ވުމެވެ.

ނަމާދުތަކަށް ރައްކާތެރިވެ އުހްރަވީހަޔާތަށް ތައްޔާރުވެ ހުރުމަށް ނަސޭހަތްތެރިވަމެވެ.

ތިއީ އެންމެ ލޯބިވާ ދުލުން ބުނެވޭ ޝުކުރަކުން އަގު އަދާ ނުކޮށްދެވޭނެ މިތުރެކެވެ. ވަރަށް ލޯބިވޭ❤

More Clubhouse users