ބައެއްމީހުން ފެނުމުން އެމީހުން އަހަރެންނާބެހޭ ގޮތުން ދައްކާފައި ހުރި ވާހަކަތަކާ ދިމާލަށް ބުނެލި ވިހަ ބަސްތައް އިއްޔެ ވީ ކަމެއްހެން ހަނދާނަށް އާދެއެވެ.
ރުޅިވެރިކަމެއް ހިތުގައި ނެތެވެ. ހިތްވެސް ހެވެއެވެ. ހެޔޮދުއާގައި ވެސް ވެއެވެ. އެހެނަސް އެވާހަކަތަކުން ވީ ދެރައާއި ހިތަށްލިބުނު ރިހުން ފިލާ ނުދެއެވެ.
ހާއްސަކޮށް ގާތްއެކުވެރިން ގެ ފަރާތުން އިވިދޭ އެ ވާހަކަތަކީ ތާއަބަދަށް ހިތުގައި އުފެދޭ ރިހުމަކަށް ވެއެވެ.
އަހަރެން ގަބޫލުކުރާ ކަމެއް އޮވެއެވެ. ދިރިއުަޅުމުގައި ނިންމޭ ބައެއް ނިންމުންތަކުން ދިރިއުޅުން ވަރަށް ބޮޑަށް ބަދަލުވެދާނެކަމެވެ. ރަހުމަތްތެރިއަކު ގެއްލުމަކީ އަހަންނަށް ހެޔޮމަގަށް އެނބުރުމަށް ލިބޭ ފުރުސަތަކަށް ވެސް ވެދާނެއެވެ. ނުވަތަ ރަނގަޅު މަގުން ކަސިޔާރުވާނެ ކަމަކަށް ވެސް ވެދާނެއެވެ. އޭގައި އޮންނާނީ އެ ރަހުމަތްތެރިޔާގެ ހެޔޮކަން ނުވަތަ ނުބައި ކަމެވެ.
ދިރިއުަޅުމުގައި މީގެ ކުރިން ހިނގައިފައިވާ ކަންކަމަށް އަމިއްލަ ނަފްސު ކުށްވެރި ނުކުރާށެވެ. ހެދޭ ގޯސްތަކަށް ވިސްނައި ނަފްސު އިސްލާހުކުރަން މަސައްކަތް ކުރާށެވެ.
ހަނދާން ކުރާށެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރި ނަމަވެސް މީސްތަކުންގެ ދޫތަކުން ސަލާމަތެއް ނެތެވެ. އެމީހުން ފާޑު ކިޔުންތަކުން މިންޖެއް ނެތެވެ.މީސްތަކުންގެ ވާހަކަތަކާއި ފާޑުކިޔުންތަކަށް މާބޮޑު ސަމާލުކަމެއް ނުދޭށެވެ. ފަހަރުގައި އެފަދަ މީހުންގެ ހަމަ ކޮންމެ ބަހަކަށް ވެސް ރައްދު ދެވެން އޮވެދާނެއެވެ. އެކަމަކު ގިނަ ފަހަރު އެކަންވާނީ ބޭކާރުކަމަކަށެވެ. ގެއްލިގެންދާ ވަގުތުތަކަކަށެވެ. ތިޔަހުރީ ވިސްނުމާއި ބުއްދި ލިބި ހެވާއި ނުބައި ވަކިކުރެވޭވަރު ވެފައެވެ. ފަސްބެލުމެއްނެތި ދިރިއުޅުމާއިގެން ކުރިއަށްދާށެވެ.
ދިރިއުޅުން އަހަންނަށް ދަސްކޮށްދިނެވެ. ކާމިޔާބީގެ ތަޅުދަނޑިއަކީ ކެތްތެރިކަމެވެ. މައާފު ކުރުމަކީ ރީތި ނަމަވެސް އުނދަގޫ ކަމެކެވެ. އެކަމަކު، ކޮންމެ މާދަމާއަކީ ކުރިއަށް ދިއުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
if the data has not been changed, no new rows will appear.
| Day | Followers | Gain | % Gain |
|---|---|---|---|
| June 26, 2024 | 2,308 | +1 | +0.1% |
| May 24, 2024 | 2,307 | +2 | +0.1% |
| April 21, 2024 | 2,305 | -1 | -0.1% |
| March 14, 2024 | 2,306 | +1 | +0.1% |
| February 21, 2024 | 2,305 | -2 | -0.1% |
| February 04, 2024 | 2,307 | -4 | -0.2% |
| January 01, 2024 | 2,311 | +3 | +0.2% |
| December 17, 2023 | 2,308 | -2 | -0.1% |
| December 02, 2023 | 2,310 | +6 | +0.3% |
| November 17, 2023 | 2,304 | +1 | +0.1% |