جمعية العلماء - المالديف on Clubhouse

جمعية العلماء - المالديف Clubhouse
1.4k Members
Updated: Nov 11, 2023

Description

ޖަމްޢިއްޔަތުލް ޢުލަމާ އަކީ މީލާދީ ސަނަތުން 2014 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 4 ވަނަ ދުވަހު ދިވެހި ދައުލަތުގެ "ޖަމްޢިއްޔާތަކުގެ ރަޖިސްޓްރަރ" ރަޖިސްޓްރީކޮށް ދެއްވައިގެން ހިންގަމުން އަންނަ މަދަނީ ޖަމްޢިއްޔާއެކެވެ. ޖަމްޢިއްޔާގެ ރަޖިސްޓްރީ ނަމްބަރަކީ S/2014/81/4 އެވެ. މިޖަމްޢިއްޔާގެ އޮފީސް ހުންނަނީ، އަދި ޖަމްޢިއްޔާއާއި ޖަމްޢިއްޔާގެ ޙަރަކާތްތައް ރަސްމީކޮށް ހިންގަނީ އައްޑޫ ސިޓީ – ހިތަދޫ ގައެވެ.
* ޖަމްޢިއްޔާގެ ލަނޑުދަޑިތަކާއި މަޤްޞަދުތައް:
ޖަމްޢިއްޔާގެ މޮޓޯއަކީ "އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ." މި ޢިބާރާތެވެ. ޖަމްޢިއްޔާގެ ހިންގާ ޤަވާޢިދުގެ 4 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ފަދައިން، މި ޖަމްޢިއްޔާ އުފެއްދުނީ އަންނަނިވި މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައެވެ.
(ހ) އިސްލާމްދީނުގެ ދަޢުވަތު ފަތުރައި، ދީނީ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށްޓަކައި، ކަމާއިބެހޭ މުއައްސަސާތަކާއި ގުޅިގެން މަސައްކަތްކުރުން.
(ށ) މުޖްތަމަޢަކީ ދީންވެރި، ޞުލްޙަވެރި، އެއްބައިވަންތަ މުޖްތަމަޢަކަށް ހެދުމަށް މަސައްކަތްކުރުން.
(ނ) ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުމަށް މަސައްކަތްކުރުން.

އެހެންކަމުން، ޖަމްޢިއްޔަތުލް ޢުލަމާގެ ކްލަބްހައުސް ޕްލެޓްފޯމްގައި ބާއްވާ ޕްރޮގްރާމްތައްވެސް ހިންގޭނީ މިދެންނެވި މަޤްޞަދުތައް ޙާޞިލުކުރުމަށެވެ.

Last 30 Records

Day Members Gain % Gain
November 11, 2023 1,436 0 0.0%
October 11, 2023 1,436 +1 +0.1%
September 11, 2023 1,435 +2 +0.2%
August 14, 2023 1,433 -1 -0.1%
July 12, 2023 1,434 -1 -0.1%
June 18, 2023 1,435 -5 -0.4%
March 18, 2023 1,440 +2 +0.2%
March 02, 2023 1,438 +38 +2.8%
March 12, 2022 1,400 +50 +3.8%
November 24, 2021 1,350 +1 +0.1%
November 14, 2021 1,349 +1 +0.1%
November 12, 2021 1,348 +2 +0.2%
November 08, 2021 1,346 +1 +0.1%
November 06, 2021 1,345 +6 +0.5%
November 01, 2021 1,339 +1 +0.1%
October 31, 2021 1,338 +8 +0.7%

Charts

Some Club Members

More Clubs